އަކުއާމޭންގެ މަޝްހޫރު ތަރި އެންބާ ހާޑް ސަރޮގަސީ މެދުވެރިކޮށް އޭނާއަށް އަންހެން ކުއްޖަކު ލިބިފައިވާކަން އިންސްޓަގްރާމް އަދި ޓުވިޓާގައި ބުރާސްފަތި ދުވަހު އިއުލާންކޮށްފި އެވެ.
އެންބާ ބުނީ މިދިޔަ އޭޕްރިލް މަހު ސިއްރުގޮތުގައި ދަރިފުޅު އުނާގް ޕެއިޖް ހާޑްއަށް މަރުހަބާ ވަނީ ކިޔައިފަ އެވެ. އޭނާގެ ދަރިފުޅުގެ މެދު ނަމަކަށް ޕެއިޖު ކިޔާފައި ވަނީ އޭނާގެ މަރުވެފައިވާ މަންމަގެ ހަދާނުގަ އެވެ.
އެންބާ ހިއްސާކޮށްފައިވާ ފޮޓޯއާއެކު އޭނާ ލިޔެފައިވަނީ "ތިމަންނައަށް ސަރޮގަސީ މެދުވެރިކޮށް ކުއްޖަކު ލިބުނުކަން ވަރަށް އުފަލުން ހުރެ އިއުލާން ކުރަމެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ކުއްޖަކު ހޯދުމުގެ ޝައުގުހިތުގައި ލީމެވެ. އެކަނިވެރި މަޔަކަށްވުމަކީ ފަސޭހަކަމެއް ނޫނެވެ. އަހަރެންގެ ނަފްސު ގަބޫލުކުރާ ގޮތުގައި އަހަރެއްގެ ޒާތީ ކަންތައްތަކަކީ އެއްވެސް މީހަކައް ބެހެވިގެންވާނެ ކަމެއްނޫނެވެ. އަހަރެންގެ އަލަތު އަންހެން ދަރިފުޅު އުފަންވެފައި ވަނީ އޭޕްރީލް 8 ދުވަހު އެވެ. ދަރިފުޅަށް ކިޔާފައިވާ ނަމަކީ އުނާގް ޕެއިޖް ހާޑްއެވެ." މިހެންނެވެ.
ދާދިފަހުން އެންބާގެ ދިރިއުޅުމުގައި ވަނީ ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ ސަަބަބަކަށް ވެފައި ވަނީ 2015 އިން 2017 އާ ހަމައަށް ދެމިގެންދިޔަ އެންބަ އާ ޖޯނީޑެޕްގެ ކައިވެންޏެވެ. އެންބާ ވަނީ ޖޯނީ އޭނާއަށް އަނިޔާކުރިކަމަށް ތުހުމަތުކޮށްފަ އެވެ.
އެލާމް ގަޑިތަކުގެ ކުރިން ހެނދުނު ހޭލަނީ ކިހިނެއް؟
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!