ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފި އެވެ.
ފުލުހުން ބުނީ މއަދުން ފެށިގެން ބަދަލު ގެނެސްފައި ވަނީ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ އިސް މަގާމުތަކަށެވެ.
އެ ބަހާތަކުގެ ތެރެއިން ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް އިސްމާޢީލް ނަވީން އެވެ. އެސިސްޓެންޓް ކޮމިޝަރު ނަވީން ކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ މަގާމުގަ އެވެ.
އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމަށް އައްޔަނު ކުރައްވާފައިވާއިރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަނު ކުރައްވާފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަބްދުއްރަޙްމާން އެވެ.
އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގަ އެވެ.
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!