ޣައްޒާ (22 ޖުލައި) - ފަލަސްތީނުގެ ޣައްޒާގެ މާރުކޭޓް ސަރަހައްދެއްގައި ގޮވި ބާރުގަދަ ގޮވުމެއްގެ ސަބަބުން އެކަކު މަރުވެ 10 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ފަލަސްްތީނުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.
މި ގޮވުމުގެ ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވާއިރު ފުލުހުންނާއި ދިފާއީ ބާރުތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެ އިދާރާތަކުން ވަނީ ގޮވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލާފަ އެވެ.
އަލްޒައުވިއާ ނަމަކަށް ކިޔާ ސަރަހައްދުގައި ގޮވި މި ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ ގެތަކަކަށާއި ފިހާރަތަކަށް އޭގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޣައްޒާގައި ބާރުގަދަ ގޮވުމެއް ގޮވާފައި މި ވަނީ މުސްލިމުން ފާހަގަކުރާ އަޟުހާ އީދުގެ ފާހަގަކުރުންތައް އެ ސަރަހައްދުގައި ކުރިއަށް ދަނިކޮށެވެ.
މި ހާދިސާގެ ޒިންމާ ނަގަން އިޒްރޭލުގެ އަސްކަރިއްޔާއިން ދެކޮޅު ހަދާފައިވާ އިރު އެ ގައުމުން ބުނާގޮތުގައި މި ގޮވުމުކީ ޣައްޒާގެ ދާޚިލީ މައްސަލައެއްގެ ތެރެއިން ގޮއްވާލި ގޮއްވާލުމެއް ކަމަށެވެ. -- އަލް އަރަބިއްޔާ
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
ތާރީހު ބަދަލު ކުރެވުނީ އާޝާގެ ސަބަބުން: ހެލެން
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި