މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކައުންޓަރުތަކުން އަލުން ހިދުމަތް ދޭން ފަށައިފި އެވެ.
މީރާއިން ބުނީ މިއަދުން ފެށިގެން މިރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރުންނާއި ހުޅުމާލެ ކަލެކްޝަން ސެންޓަރުގެ ކައުންޓަރުތަކުން ޚިދުމަތްދޭނެ ކަމަށެވެ.
ސާވިސް ސެންޓަރުން ޓޯކަން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކަން ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށްކަމަށް މީރާއިން ބުންޏެވެ. މި އެޕްލިކޭޝަންތައް މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތްނަމަ، މީރާގެ 3020460 ނަންބަރު ފޯނާ ގުޅައިގެން ޚިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް މީރާއިން ބުންޏެވެ.
މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރަށް ވަޑައިގަންނަވާ ފަރާތްތަކުން އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މީރާގެ ކައުންޓަރުތައް ހުޅުވިނަމަވެސް އޮންލައިންކޮށް ލިބެންހުރި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
