ކޯޕަންހޭގަން (02 އޮގަސްޓް) - އެސްޓްރާޒެނެކާ އާއި އެމްއާރުއެންއޭ ވެކްސިންތައް އެއްކޮށްގެން ޑޯޒު ހަމަކުރުމުން 88 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމްއާރުއެންއޭ ވެކްސިންގެ ގޮތުގައި ހިމެނެނީ ބަޔޯންޓެކް އަދި ފައިޒާ ވެކްސިންއާއި މޮޑާނާ ވެކްސިން އެވެ.
ޑެންމާކުގެ ސްޓޭޓް ސިރަމް އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ މި ދިރާސާގައި އެ ގައުމުގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ 144،000 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އެސްޓްރާޒެނެކާއިން ދިނުމަށްފަހު، ދެވަނަ ޑޯޒް ދީފައިވަނީ ފައިޒާ ނުވަތަ މޮޑާނާ ވެކްސިނުންނެވެ.
މި ދިރާސާގެ ނަތީޖާ ދައްކާގޮތުން ދެ ވެކްސިން ބޭނުންކޮށްގެން ޑޯޒު ހަމަ ކުރުމަށްފަހު، 14 ދުވަސް ހަމަވުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ.
ނަމަވެސް މި ނަތީޖާތަކަކީ ބާރުގަދަ ޑެލްޓާ ވޭރިއަންޓަށް ވެސް އެކުލެވިދާނެ ނަތީޖާތަކެއް ކަމަށް ދިރާސާގައި ފާހަގަ ކޮށްފައެއް ނުވެ އެވެ.
ގިނަ ގައުމުތަކަކުން އަންނަނީ ދެ ވެކްސިން އެއްކޮށްގެން ޑޯޒު ހަމަކުރުން ހުއްދަކޮށް އެފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ. -- އަލް އަަރަބިއްޔާ
ފިލްމު ޖަމިއްޔާއަށް ރަންވީރު ގާނޫނީ ނޯޓިސް ފޮނުވައިފި
ލުބުނާނަށް ހަމަލާދޭނަމަ ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރު ދީފި
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!