ތިން މަސް ފަހުން ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެންމެފަހުން ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.
އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި ލިޔުމެއްގައި ވާގޮތުން އެ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލީ ހާއްސަ ޝަރުތުތަކަކާއެކުއެވެ.
އެގޮތުން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ފުވައްމުލައް ސިޓީން ފުރާ ހުރިހާ މީހުންގެ 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮންނަންވާނެ ކަމަށް އެ ލިޔުމުގައިވެ އެވެ.
އަދި ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި އާބާދީގެ ފަސް ޕަސެންޓް މީހުންގެ ރެންޑަމް ސާމްޕަލް ނެގުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.
ފުވައްމުލައް ސިޓީން ކޮވިޑް ބަލީގައި މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ. އަދި އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ތިރިވެފައެވެ.
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
