ބޮލުން ހަންފޮޅުމަކީ އާއްމު ދިރިއުޅުމުގެ ގިނަ ކަންކަމަށް އުނދަގޫތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ. އިސްތަށިގަނޑަށް ލިބޭ ގެއްލުމުގެ އިތުރުން ބޮލުން ހަންފޮޅުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަވާ ކަމެކެވެ.
ތިރީގައި މި ބަލާލަނީ ހަންފޮޅުމަށް ހައްލެއް ގެނައުމަށް ގޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ކާށިތެޔޮ ބޭނުން ކުރުން
ސިއްހަތަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ކާށިތެލަކީ ބޮލުން ހަންފޮޅުމަށް އޮތް ގުދުރަތީ ހައްލެކެވެ. ކާށިތެލުން ބޮލުގެ ހަންގަނޑު ތާޒާކޮށްދީ ހިކިވުމުން ދުރުކޮށްދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 8 ހަފްތާ ވަންދެން ކާށިތެޔޮ ބޮލުގައި ލައިފި ނަމަ ހަންފޮޅުން މަދުވެ އެވެ.
ކެއުމުގައި އޮމެގާ 3 އިތުރު ކުރުން
އޮމެގާ 3 އަކީ ހަމުގެ ސިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. އެގޮތުން އިސްތަށިގަނޑު ހިކުމާއި ހަންގަނޑު ހިކުން ފަދަ ކަންކަމަށް އޮމެގާ 3 އަކުން ހައްލު ލިބެ އެވެ.
ބޭކިން ސޯޑާ ބޭނުން ކުރުން
ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ މި ބާވަތަކީ ބޮލުން ހަންފޮޅުން މަދު ކުރުމަށް ބޭނުން ކުރެވިދާނެ ވަރަށް ފަސޭހަ އެއްޗެކެވެ. އެގޮތުން ބޭކިން ސޯޑާ ބޮލުގެ ހަންގަނޑުގައި މަސާޖު ކުރުމަކީ ފޮޅިފައި ހުންނަ ހަންތައް ނައްޓައިދީ ހަންގަނޑުގެ ސެލްތައް ދިރުވައިދޭނެ ކަމެކެވެ.
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި
ސަރުކާރުން ހުރިހާ ޝަރުތުތައް ގަބޫލުކުރުމުން މުޒާހަރާ ނިންމާލައިފި