ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން ބިދޭސީ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް އަމާޒުކޮށް ފުރާނައަށް ނުރައްކާ ފަދަ އަމަލެއް ހިންގި މައްސަލައިގައި ރޭ 12:33 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލައިގެ ތުހުމަތުގައި 25 އަހަރުގެ އިންޑިއާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށާއި ހައްޔަރުކުރިއިރު އޭނާ މަސްތުގެ ހާލަތުގައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިމައްސަލައިގެ ތުހުމަތުގައި 25 އަހަރުގެ އިންޑިއާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި.އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު މަސްތުގެ ހާލަތުގައި ހުރިކަން ވަނީ ފާހަގަ ކުރެވިފައި،" ފުލުހުން މިޑިއާތަކަށް ފޮނުއްވި މެސެޖުގައި ވަނީ ބުނެފަ އެވެ.
ހަމަލާއާ ގުޅިގެން ޓެކްސީ ޑްރައިވަރަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
ހާއްސަކޮށް އަވައްޓެރި ޤައުމުތަކުގެ ރައްޔިތުން ވީކެންޑް ތަކުގައި މާލެ އާއިހުޅުމާލޭގައި ބަގުރާ ބޮއިހަދާ ،