މާލޭގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުތަކުރުފާނުމަގު އާޓިފިޝަލް ބީޗް ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހިގެން މިއަދު 18:08 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި ސައިކަލްގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ސައިކަލްގެ ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެކްސިޑެންޓްވި ދެ އުޅަނދު ވެސް ދުއްވާފައި ވަނީ އީ ކެޓަގަރީގެ ސައިސެންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ އާ ޓްރެއިލާއެއް ނެރެފި
މައުލޫމާތު ލީކްކުރާ މުވައްޒަފުން ވަކިކުރާނަން: ޕެންޝަން އޮފީސް
ދަރަނި ދައްކަން ރާއްޖޭގެ ޑޮލަރު ހުސްކޮށްލައިފި: ނަޝީދު
