އިސްތަށިގަނޑަކީ މީހާގެ ބުރުސޫރަ ފުރިހަމަ ކޮށްދޭ ހަށިގަނޑުގެ މުހިއްމު ހިއްސާއެކެވެ. ހަލާކުވެފައިވާ އިސްތަށިގަނޑަކުން ބުރުސޫރައަށް އުނިކަން ގެނެސްދޭއިރު އިސްތަށިގަނޑު ހަލާކުވިޔަ ނުދީ ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ.
އެހެންކަމުން އިސްތަށިގަނޑު ހަލާކުވަމުންދާކަން ދައްކައިދޭ ނިޝާންތަކަށް ފަރުވާވެ ތިބުމަކީ އިސްތަށިގަނޑުގެ ސިއްހަތު ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެކެވެ.
ހަލާކުވަމުންދާ އިސްތަށިގަނޑަކުން އެންމެ ބޮޑަށް ފެންނާނެ އެއްކަމަކީ އިސްތަށިގަނޑު ހިކުމާއި ކުރަކި ވުމެވެ. އެގޮތުން އިސްތަށިގަނޑުގެ ގުދުރަތީ ތެޔޮކަން ގެއްލުމާއި އިސްތަށިތައް ރޫޅުން ގިނަވާނެ އެވެ.
ދެންއޮތީ ހަންފޮޅުމާއި އިސްތަށި ފޭބުމެވެ. މި ދެކަމަކީ ވެސް އިސްތަށިގަނޑު ހަލާކުވަމުން ދާނަމަ އާއްމުކޮށް ފެންނާނެ އަލާމާތްތަކެކެވެ. އެހެން ކަމުން މި ކަންތައް ފެންނަނަމަ އިސްތަށިގަނޑުގެ ސިއްހަތަށް ފަރުވާތެރިވާން ދޭން ޖެހޭނެ އެވެ.
މީގެ އިތުރުން އިސްތަށގަނޑުގައި ގިނައިން ގޮށް ޖެހުމަކީ ވެސް އިސްތަށިގަނޑަށް ގެއްލުން ލިބިފައިވާ ކަމުގެ ހެއްކެކެވެ. މިއީ އާއްމުކޮށުް ކުރިމަތިވާ ކަމެއް ކަމުގައި ހީވިޔަސް މާ ގިނައިން ގޮށް ޖެހުމަކީ އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.
ބުރުސޫރައިގެ އިތުރުން ހަށިގަނޑުގެ އާއްމު ސިއްހަތު ރަނގަޅަށް ދެމެހެއްޓުމަށްޓަކައި އިސްތަށިގަނޑުން ފެންނަ އެކި އެކި ކަންކަމަށް ފާރަވެރިވެ ތިބުމަކީ މުހިއްމު ކަމެކެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!