އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ކަތިވަޅިއަކުން ހަމަލާދީ ޒުވާނެއްގެ އިނގިލިތައް ބުރިކޮށް ބޮޑެތި ޒަޚަމްތަކެއް ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 12:38 ހާއިރު ކަމަށެވެ. ތޫނުއެއްޗަކުން ހަމަލާދިން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް މިހާރު އަންނަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެ ހާދިސާގެ ފޮޓޯތަކުން ފެންނަގޮތުގައި އެ ޒުވާނާއަށް ލިބުނު ޒަޚަމްތައް ވަރަށް ސީރިއަސްވާނެ ކަމަށް ބެލެވެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ އަތްތިލަ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ސަނީހު އިސްތިއުފާދެއްވުމުން އޮޑިޓް ކޮމިޓީއަށް ޝިފާނާ
ޕޯސްޓު އޮފީހުގެ އާމްދަނީ ދަށްވެ، 36 މިލިއަން ރުފިޔާގެ ގެއްލުން
