ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ފިރިހެނަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މަރުވެފައިވަނީ ހދ. ނޮޅިވަރަމުން ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ 87 އަހަރުގެ ފިރިހެނެކެވެ.
މިއީ ރާއްޖޭގެ 228 ވަނަ ކޮވިޑް މަރެވެ.
ކޮވިޑްގައި މީހަކު މަރުވެފައި ވަނީ މި ބަލީގައި މީހަކު މަރުނުވާތާ ދުވަސްތަކެއް ފަހުންނެވެ. އަދި ކޮވިޑް ނަންބަރު ތަންކޮޅެއް މައްޗަށް ޖެހިލާފައިވަނިކޮށެވެ.
އިއްޔެ ވެސް ކޮވިޑުގައި މީހަކު މަރުވިއެވެ. އެއީ ގދ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 17 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!