އެތެރޭގެ ތަހުގީގަކަށް ސަސްޕެންޑްކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން އެންމެ ފަހުން މަގާމުން ވަކިކޮށްފި އެވެ.
އިސްލާމިކް ބޭންކިންގެ ހިދުމަތްދޭން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބޭންކުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސީއީއޯ މަގާމުން ވަކިކޮށްފައި ވަނީ މިއަދުން ފެށިގެން ކަމަށެވެ.
އެ ބޭންކުން ބުނީ އެތެރޭގެ ތަހުގީގަކަށް މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ސަސްޕެންޑްކުރި ސީއީއޯގެ ތަހުގީގު އިއްޔެ ނިމިފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރަން ބޯޑުން ނިންމީ އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެމްއައިބީން ބުންޏެވެ.
"އޭނާއަކީ އެ މަގާމަށް ކުފޫ ހަމަވާ އަދި ގާނޫނުތަކާއި ގަވައިދުތަކަށް ފެތޭ މީހެއް ނޫން،" އެ ބޭންކުން ބުންޏެވެ.
ސީއީއޯ މަގާމުން ވަކިކުރުމުން އޭނާގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައި ވަނީ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ރިޒާއާ އެވެ.
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި