ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މޫސުމީ މި އިންޒާރުގައި ބުނެފައިވާ ގޮތުގައި، އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެއެވެ. ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިވެދާނެ ފަދަ ހާލަތްތަކުގައި ނެރޭ އެލާޓެކެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. ވަކިން ހާއްސަކޮށް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމަށް ބަލައި ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިވޭތޯ ކަށަވަރުކުރުމަށް ވަނީ އަންގާފަ އެވެ.
މިއަދު ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ގިނަ އަތޮޅުތަކެއް ހިމެނޭއިރު، މޫސުމަށް އަންނަ ބަދަލުތައް ގާތުން ބަލަމުން ގެންދިއުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފަ އެވެ.
"ޝޯ ކެންސަލް ކުރުމުން މާލީ ގޮތުން ގެއްލުން ލިބުނު"
ފުރަތަމަ ހަ މަހު ބީއެމްއެލްގެ ޖުމްލަ އާމްދަނީ އަކީ 3.2 ބިލިއަން
40ގެ އަހަރުތަކުގައި ދަރިމައިވާ އަންހެނުންގެ އަދަދު ގިނަ ވަނީ!