ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒު 27،000 އަށް ވުރެ ގިނަ މީހުން ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަ ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 396،981 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 368،238 މީހަކު ހިމެނެ އެވެ.
އޭގެ އިތުރުން މިހާތަނަށް ޖުމްލަ 27،500 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.
އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ ފުރަތަމަ ހަފްތާގައި ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށާއި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލާނެ ކަމަށް ބުނެފައިވެ އެވެ.
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
