އދ. މަންދޫ ކައިރި ހުރި ފަރަކަށް ޑައިވިންނަށް ފޭބި ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ އދ. މަންދޫ ކައިރި ފަރެއްގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 3:10 ގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށްފަހު ނަގާފައިވާ ކަމަށެވެ.
އެ މީހާ ގެއްލުނު ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ އިއްޔެ 3:55 ގަ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ. ގެއްލުނު މީހާ ހޯދުމަށް އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު މިހާރު އިއްޔެއިން ފެށިގެން ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އަދި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ މި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެ އެވެ.
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި