މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޭޔަރު ޑރ. މުއިއްޒަށް އިންޒާރު ދީފައިވަނީ ފޭސްބުކްއިން ޑރ. މުއިއްޒަށް ފޮނުވި މެސެޖެއްގަ އެވެ.
އެ މެސެޖު ފޮނުވި މީހާ ވަނީ "ކަލޭ މަރާލާނަން" މިގޮތަށް މެސެޖުކޮށްފަ އެވެ.
މި މައްސަލަ ޑރ. މުއިއްޒު ވަނީ ފުލުހަށް މިހާރު ހުށަހަޅާފަ އެވެ.
މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު "ހުރިހާ" އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މި މައްސަލަ މިހާރު ޕޮލިހަށް ހުށަހަޅާފައިވާއިރު، މިމައްސަލައާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައިވެ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!