މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ކުރިމަތިލައްވަން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް މީހަކު ހޮވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
އަމްރުއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އިސް މަގާމެއް އަދާކުރައްވައި ފަހުން އެމްޓީސީީސީގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަދި އެމްޑީޕީގެ ސިޔާސަތުތައް އަދި ކޯލިޝަނުން ވެރިކަމަށް އަންނަން ވެގެން އެ ކޯލިޝަންގެ މައިގަނޑު ސިޔާސަތުތައް ލިޔުއްވި ކޮމިޓީގެ ވެސް އިސް ބޭފުޅެކެވެ.
2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ މަގާމުގައި ހުންނެވި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ދައުރު އަންނަ މަހުގެ 11 ވަނަ ދުވަހު ހަމަވާނެ އެވެ.
އެހެންކަމުން އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށްފަހު އެމްޑީޕީގެ ޗެއަޕަސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމާފައިވާކަން މެމްބަރު ހަސަން ލަތީފް ވަނީ ހާމަކޮށްފަ އެވެ. އެ މަގާމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް އެނގިފައި ވަނީ މަހުލޫފާއި އަމްރު އެވެ.
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!