އުރީދޫގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މިއަދު އިންޓަނެޓް ބޭނުންކުރުމަށް ދަތިތަކަކާ ދިމާވެދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫ އިން މިއަދު ބުނީ އެކުންފުނީގެ ނެޓްވޯކްގެ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން ގެންދަނީ އިންޓަނޭޝަން އިންޓަނެޓް ޕްރޮވައިޑާސް އިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން މިއަދުގެ އެކި ވަގުތުތަކުގައި އިންޓަނެޓް ކެނޑުން އެކަށީގެންވާ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ. އަދި ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އުނދަގުލަކަށް އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
ފުޅީގައި ވަނީ ވެލިދޫ އަބުޅޯގެ މޮޅު މަސައްކަތެއް!
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟