ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް، ހ. ސަންދަލީގެ، ހަސަން މުޣުނީ މިއަދު އައްޔަނު ކުރައްވައިފި އެވެ.
މުޣުނީ މީގެ ކުރިން ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ ވަކިކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފު އިއްޔެ ވަނީ އައްޔަންކުރައްވައިފަ އެވެ.
މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީން ބެޗެލާ އޮފް ސައިންސް ހާސިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފަ އެވެ.
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި