ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޓިކްޓޮކް އެކައުންޓެއް އުފައްދައި، ބޭނުންކުރައްވަން ފައްޓަވައިފި އެވެ.
ރައީސް ސޯލިހް ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވާއިރު، އެމަނިކުފާނު ޓިކްޓޮކް އެކައުންޓް ހުޅުވާފައި ވަނީ އަމިއްލަ ނަންފުޅުގަ އެވެ. އަދި ކުރު ނަމަކަށް ދެއްވި ނަމަކީ "އިބޫ ސޯލިހް" އެވެ.
އެކައުންޓްގެ ބަޔޯގައި ވަނީ އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ އެކައުންޓް ވަނީ ވެރިފައި ވެސް ކޮށްފަ އެވެ.
ރައީސް ސޯލިހްގެ ޓިކްޓޮކް އެކައުންޓް ވެރިފައިކޮށްފައިވާއިރު، އެ އެކައުންޓަށް 1،053 މީހުން ވަނީ ފޮލޯކޮށްފަ އެވެ.
ނަމަވެސް އެމަނިކުފާނު މިހާތަނަށް އެއްވެސް މީހަކު ފޮލޯކޮށްފައެއް ނުވެ އެވެ. އަދި އެކައުންޓަށް މިހާތަނަށް އެއްވެސް ވީޑިއޯއެއް އާންމުންނަށް ފެންނަ ގޮތަށް ލާފައެއް ވެސް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް ޓިކްޓޮކް އެކައުންޓް ބޭނުން ކުރައްވަ އެވެ.
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
ހިތަދޫ އުތުރު ގޮނޑި ސޯބެ އަށް
