ލައިލަތުލް ގަދްރިވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ނަސޭހަތްތެރި ވެއްޖެ އެވެ.
ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ގެނެސްދެއްވާ ނަސޭހަތުގެ ބަސްކޮޅުގައި މިނިސްޓަރު ވަނީ ކޮންމެ ރަމަޟާން މަހުގެ އޮނަހިރި ދުވަސްތަކުގައި ލައިލަތުލް ގަދްރިވިލޭ ރޭ ހޯދުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ރަސޫލާ ހަދީޘްފުޅު ކުރައްވާފައިވާކަން ފާހަގަކުރައްވާފަ އެވެ.
ވުމާއެކު ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގައި ރޭ އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެކަމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
އޭގެ އިތުރުން މިނިސްޓަރު ވަނީ، މަސައްކަތުގެ ވަގުތުގައި އުޅޭއިރުވެސް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފިދާނެކަމަށާއި، ދުއާ އާއި ޒިކުރު ކުރުން ގިނަ ކުރުމަށްވެސް މިނިސްޓަރު ނަސޭހަތްތެރިވެފަ އެވެ.
ހަމައެހެންމެ ރަސޫލާގެ އަރިހުން ވާރިސުވެފައިވާ ދުއާތައް ކިޔުމުގައި އިސްކަމެއް ދިނުމަށްވެސް މިނިސްޓަރު ނަސޭހަތްތެރިވެފައިވެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ފިޔޯރީ ވޯޓު ފޮށި ހަލާކުކޮށްލައިފި
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!
އީރާނާއެކު ސުލްހައިގެ އެއްބަސްވުމުގައި މި ހަފްތާގައި ސޮއިކުރަނީ
