ރާއްޖޭގައި ތިބި ބޭރު ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ޕީޕީއެމް އޮފީހުގައި ދެވަނަ ފަހަރަށް ހަރުކުރި "އިންޑިއާ އައުޓް" ހަރަކާތުގެ ބެނާ ވެސް ފުލުހުން ނަގައިފި އެވެ.
ފުލުހުން އެ ބެނާތައް ނަގާފައިވަނީ ރޭ 11:30 ހާއިރު ބެނާތައް ނެގުމަށް ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޮތުން ރޭ މެންދަމު 3:30 ހާއިރު ފުލުހުން ވަނީ ޕީޕީއެމް އޮފީސް އިމާރާތަށް ވަދެ އެ ބެނާތައް ނަގާފަ އެވެ.
އިންޑިއާ އައުޓަށް ގޮވާލާ އިދިކޮޅުން ފަހުން ހަރުކުރީ ކުރިއާ ތަފާތު ބެނާތަކެކެވެ.
މީގެ ކުރިން ސްޕެލިން ބަދަލުކޮށް އެ ދިދަ އާންމުކޮށްފައިވާއިރު، ރޭ ދަމާފައިވާ ބެނާ ތަކުގައި ޖަހާފައި ވަނީ ހަމައެކަނި "އައުޓް" އެކަންޏެވެ. އަދި ތައްޔާރުކޮށްފައިވަނީ އިންޑިއާ ދިދަ ސިފަވާހެންނެވެ.
ހުއްޓުމެއް ނެތި އިދިކޮޅުން ބެނާތައް ހަރުކުރަމުން ދާއިރު، މާލޭގެ އެކި ގެތަކުގައި ސްޕެލިން ބަދަލުކުރުމަށްފަހު ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން އެކި ފަހަރުމަތިން ނަގާފައިވެ އެވެ.
އިދިކޮޅުން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވާފައިވާއިރު، އިދިކޮޅުން ވަނީ ބިރުދެއްކުމަށް ސަރުކާރުން ނެރޭ އެފަދަ ގަރާރަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

މިހާރު މިއޮތީ ދެމުމާ ނެގުން، ދެން އެހެން ކަމެއް ނޯންނާނެ.