ބްރިޖްމަތީ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ބޮޑު އަނިޔާއެއް ވެއްޖެ އެވެ.
މިރޭގެ ވަގުތެއްގައި ބްރިޖްމަތީ ހިނގި މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވިޑިއޯއިން ފެންނަގޮތުގައި އެ މީހާ ވެއްޓިފައި އޮތީ ބަންޑުންނެވެ.
ވީޑިއޯއިން ފެންނަގޮތުގައި އެ މީހާ އޮތީ ހޭނެތިފައި ކަމަށް ބެލެވެ އެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައިނުވާތީ އެކަން ކަށަވަރެއް ނުވެ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި މިކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ފަހަކަށް އައިސް ސިނަމާލެ ބްރިޖްގައި އެކްސިޑެންޓްތައް އަންނަނީ ހިގަމުންނެވެ. މި އެކްސިޑެންޓްތަކުގައި މާ ބޮޑެތި އަނިޔާތަކެއް ލިބޭކަން ފާހަގަކުރެވިފައިނެތެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ހިތަދޫ އުތުރު ގޮނޑި ސޯބެ އަށް
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި
