އިންޑިއާ އިން ރާއްޖެ ގެނައި މުދާ ޝިޕްމަންޓުގައި 15 ކިލޯގެ ހަޝިޝް އޮއިލް ހުރި ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓް ޗެކްކުރީ ގާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން ކަމަށެވެ. އެ މުދާ ބަލައި ފާސްކުރުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރުގައި، މި މަހުގެ ނުވަ ވަނަ ދުވަހުން 11 ވަނަ ދުވަހަށް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ އޮޕަރޭޝަނުގައި ފެނުނު 15.5 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ސްބްސްރިޕްޝަން ލިމިޓެއް ނުކުރޭ: ބީއެމްއެލް
