ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ ދެމީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ދެމީހުންނަކީ އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހުން ކަމަށެވެ. އަދި އެދެމީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ އަމުރާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ، މ. ސަލްޖަމްއާގެ، އަޙްމަދު އާތިފް 49 އާއި ކ. ގުޅި، ރޯޒްމީޑް، ހަސަން ނިޝާން 37 ކަމަށެވެ.
އަޙްމަދު އާތިފް އާއި ޙަސަން ނިޝާން ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ސަބަބެއްނެތި ހޮޑުލެވި ބޯ އެނބުރުމަކީ ކުއްލި ނުރައްކަލަކަށް ވެދާނެ
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
