ހުކުރު މަލާފަތުގެ މިހަފްތާގެ ބައިގައި މި ގެނެސްދެނީ ފޮނި ބާވަތެކެވެ. މިއީ މެންދުރު ކެއުމުގައި "ޑެޒާޓް"އެއްގެ ގޮތުގައި ހިމަނާލަން ރަނގަޅު ކެއުމެކެވެ.
ބޭނުންވާނެ ތަކެތި
- 500 ގްރާމް އޯރިއޯ ބިސްކޯދު
- 1/2 ޖޯޑު ބަޓަރު
- 1 ޖޯޑު ވިޕިން ކްރީމް
- 250 ގްރާމް ޗީޒް
- 2 ޖޯޑު ކިރު
- 1 ޖޯޑު ހަކުރު
- 1 ޕެކެޓު ވެނީލާ ޕުޑިން މިކްސް
ތައްޔާރުކުރާނެ ގޮތް
- ބިސްކޯދުތައް ފުނޑު ކުރާށެވެ. އަދި އެއް ޖޯޑު ފުނޑުކުރި އޯރިއޯ ފަހުން ބޭނުންކުރުމަށް ބަހައްޓާށެވެ.
- ބަޓަރުތައް ވިރުވުމަށްފަހު އޭގެ ތެރެއަށް ބާކީހުރި އޯރިއޯ އެއްކޮށްލުމަށްފަހު ޓްރޭގެ ފޫ އެއްކޮށް ފޮރުވޭގޮތަށް ލޭޔާތަކަށް އަތުރާށެވެ. އެއަށްފަހު ފަސް މިނެޓް ވަންދެން ފްރިޖަށްލައި ފިނިކޮށްލާށެވެ.
- 1/2 ޖޯޑު ވިޕްޑް ކްރީމާއި ޗީޒް އަދި ހަކުރު އެއްކުރުމަށްފަހު އޯރިއޯ ލޭޔާގެ މަތީގައި ހާކާށެވެ. ދެން އަނެއްކާވެސް ފްރިޖަށް ލާފައި ބަހައްޓާށެވެ.
- ޕުޑިން މިކްސް ޕެކެޓުގައި އިރުޝާދު ދީފައިވާ ގޮތަށް ކިރު އަޅައިގެން ޕުޑިން މިކްސް ތައްޔާރުކުރާށެވެ. އެއަށްފަހު ފްރިޖަށްލި ކޭކް ނަގައި އޭގެ މައްޗަށް އަޅައި އެއްވަރަށް ފަތުރާލާށެވެ.
- ދެން އޭގެ މަތީގައި ވިޕްޑް ކްރީމް ހާކައި މައްޗަށް އޯރިއޯކޮޅެއް އަޅާލާށެވެ. ކޭކް ކެއުމުގެކުރިން ފިނިކޮށްލާށެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!