ހަކުރު ބައްޔަކީ ދިވެހި ރާއްޖޭގައި އެންމެ އާއްމު އެއް ބައްޔެވެ. މައިންބަފައިންގެ ފަރާތުން ވާރުތަވާ މި ބައްޔަށް ދާއިމީ ފަރުވާއެއް ހޯދިފައިނުވާއިރު މި ބަލިން ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަމަށް ކުރެވިދާނެ ކަންތައްތައް ވެސް ބައިވަރެވެ.
ކަސްރަތު ކުރުން
ހަކުރުބަލިން ރައްކާތެރިވުމަށް ކަސްރަތުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ހަފްތާއަކު ތިން ދުވަހު ކަސްރަތު ނުވަތަ ކުޅިވަރެއް ކުޅުމުން ބަރުދަނަށް ބަދަލު އަންނާނެއެވެ. އޭގެ ސަބަބުން ލޭގައި ގުލްކޯޒް ހުންނަ މިންވަރު ދައްކޮށްދީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ދައްކޮށްދެ އެވެ.
ހަކުރު ބޭނުންކުރުން މަދު ކުރުން
ތައްޔާރީ ކާނާގައި ގިނަ އަދަދަކަށް ލޮނާއި، ތެލުގެ އިތުރުން ހަކުރު ހިމެނެއެވެ. އެހެންކަމުން ހަކުރުބަލިން ރައްކާތެރިވުމަށް ތައްޔާރީ ކާނާ ބޭނުން ކުރުމުގެ ބަދަލުގައި ގޭގައި އަމިއްލައަށް ކައްކާ ތަކެތި ބޭނުން ކޮށްލާށެވެ.
ދުންފަތާ ދުރުވުން
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބަލިތަކަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވުރެއް ކުރާ މީހުންނަށް ހަކުރު ބަލި ޖެހުން ކައިރި އެވެ.
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!