އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހާ ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާ ފެނިފައި ވަނީ މިއަދު ހަވީރު 17:25 ހާއިރު ކަމަށެވެ. އަދި އޭނާ މާލެ ގެނައުމަށް ގޯސްޓްގާޑުން ވަނީ ފުރާފަ އެވެ.
އެމްއެންޑީއެފް އިން ބުނީ މިދިޔަ ބުދަ ދުވަހު ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން އެ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
ލަވަ ކިޔުން ހުއްޓާލުމަށްފަހު އަރިޖީތު އުނބަށް ޖެހީތަ؟
ކެންސަރުގެ ފަރުވާއާ ބެހޭގޮތުން އާއްމުކޮށް ކުރެވޭ ކުށްހީތަކެއް!
