ތެހްރާން (16 އޮކްޓޯބަރު) - އީރާނުގެ އެވިން ޖަލުގެ ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި ޖަލުގެ އިމާރާތުގައި ހުޅު ޖަހައިފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި އާދީއްތަ ދުވަހުގެ ފަތިހު ފެށި މި ހަމަނުޖެހުންތަކުގައި ޖަލުގެ އިމާރާތުގެ ބޮޑު ބައެއްގައި އަލިފާން ހިފާފައިވާއިރު އެތަނުގައި ތިބި ގައިދީން ރައްކާތެރި ކަމާއެކު ނުކުތުމުގައި ގޮންޖެހުންތަކެއް ހުއްޓެވެ.
އެވިން ޖަލަކީ އީރާނުގެ ނުރައްކާތެރި ގައިދީން ބަލަަހައްޓަމުން އަންނަ ހަރުކަށި ޖަލެކެވެ.
ހަބަރުތައް ބުނާ ގޮތުގައި ހަމަނުޖެހުންތައް ފެށުނީ ޖަލުގެ އެންމެ ނުރައްކާތެރި ގައިދީން ތިބޭ ތަނުގަ އެވެ.
ޖަލުގެ އޮފިސަރަކާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ ޖަލުގައި އަލިފާން ރޯވީ ގައިދީންތަކެއް ޖަލުގެ ގުދަނެއްގައި ހުޅު ޖެހުމުން ކަމަށެވެ.
ހަމަނުޖެހުން ފެށުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށާއި އަލިފާން ނިވުމުގެ މަސައްކަތް ވެސް ސަލާމަތީ ފަރާތްތަކުން ކުރިއަށް ގެންދިޔަ ކަމަށް ބުނެފައިވެ އެވެ.
އީރާނުގެ އެވިން ޖަލުގައި ހަމަނުޖެހުންތައް ހިނގާފައި މިވަނީ މަހްސާ އަމީނީގެ މަރާއެކު އީރާނުގެ މިހާރުގެ ސަރުކާރު ހޫނުފެނަށް ވެއްޓިފައި ވަނިކޮށެވެ. -- އަލް އަރަބިއްޔާ
އީރާނުން ބަހުރޭނާއި ކުވެއިތުގައި ހުރި މަރުކަޒުތަކަށް ހަމަލާދީފި
ނާސްތާ ދޫކޮށްލާނަމަ އަންހެނުންގެ ހަށިގަނޑަށް ގިނަ ބަދަލު ތަކެއް!
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް