މާލޭ ސިޓީ ކައުންސިލުން ދޫކުރަން ޖެހޭ ހުއްދަތައް މިހާރު ލިބިފައިވާތީ، ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާލުން މަގުގެ އަޑިން ލޮނު އަރާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ލޮނުފެން ލީކްވަނީ ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެން ގޮހެވެ. އެކަން ހައްލުކުރުމަށް ސްޓެލްކޯއަށް އަންގާފައިވާނެ ކަމަށް ބުނެ މިއަދު ހެނދުނު ސިޓީ ކައުންސިލުން މިއަދު އިއުލާނެއް ނެރުނެވެ.
އެ އިއުލާނާ ގުޅިގެން ސްޓެލްކޯއިން ބުނެފައި ވަނީ އެ މަސައްކަތް ނުކުރެވި ލަސްވަނީ މާލޭ ސިޓީ ކައުންސިލުން ދޫކުރަންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން ކަމަށެވެ.
"މި ހުއްދަތައް އަވަސް ކުރުމަށް، މިކުންފުނިން ސިޓީ ކައުންސިލްގެ ކަމާ ގުޅުންހުރި ފަރާތްތަކާ މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާ ހަމަޔަށްވެސް އެ ފަރާތްތަކުން ފޯނު ނުނަންގަވާތީ އެހުއްދަތައް ލިބޭގޮތް ވަނީ ނުވެފައި،" ސްޓެލްކޯއިން ކުރިން ބުންޏެވެ.
އޭގެފަހުން ސްޓެލްކޯއިން މިރޭ ބުނީ އެ މަސައްކަތް ކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދިނީ އެކަމުގެ ކަންބޮޑުވުން އެ ކުންފުނިން ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.
"މިހާރު މަރާމާތުގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!
