ހެއާ ރިލެކްސިންއާއި ހެއާ ރިބޮންޑިންއަކީ މިހާރުގެ ޒުވާނުންގެ މެދުގައި މަގްބޫލު ކަންކަމެވެ. މި ކަންކަމުގެ ސަބަބުން އިސްތަށިގަނޑު ގެންގުޅެން ފަސޭހަ ވެފައި ރީތިކަމަށް ދެއްކި ނަމަވެސް މިކަމުން ލިބޭ ގިނަ ގެއްލުންތަކެއް ވެސް ހުރެ އެވެ.
ސެލޫންތަކުގައި ބޯ ފަންކުރަން ބޭނުންކުރާ ގިނަ ކެމިކަލްތަކުގައި ކެންސަރަށް މަގުފަހި ކުރުވާ ފަދަ މާއްދާތަކެއް ހުންނަ ކަމަށް ފަހުގެ ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.
ބޯ ފަން ކުރަން ބޭނުންކުރާ ކެމިކަލް ރިލެކްސާސް އަދި ޕްރެސިން ޕްރޮޑަކްޓްތަކުގެ ސަބަބުން އަންހެނުންނަށް އޮވޭރިއަން އަދި އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ޒުވާން އުމުރުގައި ބޯ ފަން ކުރާ މީހުންނަށް އުމުރުުން 70 އަހަރުވާއިރު ޔުޓެރިން ކެންސަރު ޖެހުމުގެ ފުރުސަތު އެނޫން މީހުންނަށްވުރެ 11 ޕަސެންޓް އިތުރު ކަމަށް ދިރާސާގެ ހޯދުންތަކން އެނގިފައިވެ އެވެ.
އެގޮތުން ބަލާއިރު މިފަދަ ކެންސަރުތައް އެންމެ އާއްމުކޮށް ޖެހެނީ އެފްރިކާ އަދި ކަޅު ނަސްލުގެ އަންހެނުންނަށް ކަމަށްވެސް ދިރާސާގައި ހާމަކޮށްފައިވެ އެވެ.
އެހެން ކަމުން ދެން ބޯފަން ކުރުމުގެ ކުރިން އެކަމުން ލިބިދާނެ ގެއްލުމަކަށް ވިސްނާލުން ރަނގަޅުވާނެ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!
ޝާހްރުކް ޚާން މިފަހަރު ފެނުނީ މުޅިން ތަފާތުކޮށް!