ހެންވޭރު ގެއެއްގައި ރޯވެ އަނދަން ފަށައިފި އެވެ.
ހ. ކަރަންކާގޭ ކުރިމަތީގައި ހުރި ގެއެއްގެ ގްރައުންޑް ފްލޯގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 9:23ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވީ އެއްވެސް ބަޔަކު ދިރިނޫޅޭ ގެއެއްގަ އެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ ހ. ސާޒް ގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ރޭ މާލޭގައި ވަނީ ބިދޭސީން ދިރިއުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. އެ ހާދިސާގައި ދިހަ މީހަކު ވަނީ މަރުވެފަ އެވެ.
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
ބޮޑު ހަރަދުކޮށްގެން ގެނައި ޓެކްސީތައް ބޭނުންނުކޮށް ޕާކްކޮށްފައި!
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން
