ސިނަމާލެ ބްރިިޖާއި ހައިވޭ ގުޅޭ ހިސާބު ލައިޓް ކައިރިން ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 2:45 އެހާއިރު ހިނގި އެ ހާދިސާގައި ބްރިޖްމަތިން ކާރު ފުރޮޅާލިއިރު އެ ކާރުގައި ދެ މީހަކު ތިބި ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކާރު ފުރޮޅާލުމުގެ ސަބަބުން ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކާރުގެ ބައެއް ދޮރުފަތްތައް ވެސް ވަނީ ހަލާކުވެފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ