މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީން ބަލިވެއްޖެނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ޕްރައިމަރީން ބަލިވެއްޖެނަމަ ރައީސް ސޯލިހާއެކު ވެސް ނުހުންނަވާނެ ކަމަށެވެ. އަދި ޕީޕީއެމާއެކު ނުހުންނަވާނެ ކަމީ "ސަތޭކައިން ސަތޭކައިގެ ކަމެއް" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަހަރެން އެކަނި ގޮސް ގޭގައި ހުރީމާ ނިމުނީ ނޫންހޭ" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން 39،000 މެންބަރުން ވަކިކުރީ އެމަނިކުފާނަށް ވޯޓު ދީފާނެތީ ކަމަށެވެ. ޕާޓީން ވަކިކުރި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ މަންމާފުޅު އާބިދާ އަހުމަދާއި ބޭބެ ޑރ. އިބްރާހިމް ނާޝިދު އަދި ކުރީގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީގައި ވާދަކުރެއްވީ ބަލިވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ.
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
ޕީއެންސީގެ ނައިބު ރައީސް ކަމަށް ސައުދާ ވާދަކުރައްވަނީ

އަވަހަށް ގެއަށް ވަދެ ރަޖާ އަޅާ! ލަސް ނުކުރޭ! އެހެނެއްވެސް ނުހަދާނެ! ތީ ދޮގު ހެދުމުގެވެސް ލާމަސީލު!
ހަޖާމުބެ