ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މިއަދު މަރުވެއްޖެ އެވެ.
އޭނާ މަރުވެފައިވަނީ މޫދުގައި އޮއްވާ ލޯއްޗެއް އޭނާގެ ގައިމަތިން ދިއުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.
މިހާދިސާގައި މަރުވެފައި ވަނީ ސްޕެއިންގެ މީހެކެވެ. އޭނާ ރާއްޖެ ޗުއްޓީއަށް އައިސްފައި ވަނީ އޭނާގެ އަންހެނުންނާއެކު އެވެ.
މި އެކްސިޑެންޓްގައި ލޯންޗްގެ ބުރަފަތީގައި ޖެހިގެން އެ މީހާގެ އެއް އަތް ވަނީ ބުރިވެފަ އެވެ. ބުރިވި އަތް އަދިވެސް ނުފެނެ އެވެ. އަދި ބަނޑު ކަފައިގެން ގޮސް ގޮހޮރު ވެސް ވަނީ ނުކުމެފަ އެވެ.
ތުލުސްދޫގެ އެ ލޯންޗު ދުއްވަން އިނީ އެ ރަށުގެ މީހެކެވެ.
ކެންސަރުގެ ފަރުވާއާ ބެހޭގޮތުން އާއްމުކޮށް ކުރެވޭ ކުށްހީތަކެއް!
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!