މާލެތެރޭގައި މިހާރު ހިނގަމުން އަންނަ ސިލްސިލާ މާރާމާރީތަކުގެ ފަހަތުގައި ވަނީ ހަތަރު ގޭންގެއް ކަމަށް ޕޮލިސް ކިމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ހަމީދު ވިދާޅުވީ މިދިޔަ މަހު މެދުތެރެއިން ފެށިގެން މިހާތަނަށް އެ ސިލްސިލާ މާރާމާތިތަކާ ގުޅިގެން 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން އަންނަ އެ މާރާމަރީތައް ގުޅިފައިވަނީ ހަތަރު ގޭންގަކާ ކަމަށެވެ.
މާލޭގެ ފިހާރައެއްގެ ތެރޭފައި ރޭ ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައާ ގުޅޭގޮތުން ސީޕީ ވިދާޅުވީ އެ މާރާމާރީ ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުމުރުން 30 އަހަރުގެ އެ ޒުވާނާގެ ހާލު ސީރިއަސްވެ މިހާރު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.
ޕޯސްޓު އޮފީހުގެ އާމްދަނީ ދަށްވެ، 36 މިލިއަން ރުފިޔާގެ ގެއްލުން
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
ބީއެމްއެލް އެޕް މެދުވެރިކޮށް ހިދުމަތްތަކަށް އެދުމަށް ހެޔޮ ބަދަލު!

ފުލުހުންގެ ހީވާގިކަމާއި ބުރަ މަސައްކަތުން މާލޭގައި ހިގައިދިޔަ މި ބިރުވެރި ޖަރީމާތައް ހިންގީ ކިތައް ގޭންގުންކަން ދެނެގަނެ އެކަމުގައި ބައިވެރިވި ސައިކަލުތައް އަތުލައިގަތުމަކީ ތައުރީފު ކުރާންޖެހޭކަމެއް.