ސްކޭމް ކޯލްތަކާއި ބޭންކު އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލައިގައި މިއަދު ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ކަރެކްޝަންސް އާއި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަދި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ވަނީ ހާޒިރުކޮށްފަ އެވެ.
ކޮމިޓީ ކުރިއަށް ގެންދާއިރު، ޖަލުގެ ސެކިއުރިޓީއާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ދެކެވޭނެ ކަމަށްވާތީ ކަރެކްޝަންސްއިން ވަނީ ކޮމިޓީ ސިއްރު ކުރަން އެދިފަ އެވެ. "ސްކޭމް ކޯލުތައް ހުއްޓުވަން ކަރެކްޝަންސް އިން ކުރާ މަސައްކަތްތަކަކީ ޖަލުތަކުގެ ސަލާމަތާ ގުޅުން ހުރި ކަމެއް" ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ކުރާ ސްކޭމްގެ 998 މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށް ފުލުހުންވަނީ ހާމަކޮށްފަ އެވެ.
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ފިލްމު ޖަމިއްޔާއަށް ރަންވީރު ގާނޫނީ ނޯޓިސް ފޮނުވައިފި
ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށްފި