ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ފަރާތުން އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް ކުޑަކުދިންގެ މަރުކަޒު "ފިޔަވަތި" އަށް ހަދިޔާކޮށްފި އެވެ.
ބީއެމްއެލްގެ މުވައްޒަފުން ވަނީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން ބޭނުންކުރާނެ ސާމާނާއި ފޮތް ހަދިޔާކުރުމަށް ވަރަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. މިގޮތުން، ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި، ވާހަކަ ފޮތް، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސް ގެ އިތުރުން ޕަޒްލް ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
ފާއިތުވި އަހަރުގެ ރަމަޟާން މަހު ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މަމްސް އިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންފޯރުކޮށްދީފި އެވެ.
އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި 3 އަހަރުގެ ރަމަޟާން މަހު ބޭންކުން ވަނީ އާކް އެއިޑް ޕްރޮގްރާމަށް ވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
