ކ. ހިންމަފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ހިންމަފުށީ ކައުންސިލް މެންބަރަކު ވިދާޅުވީ އެ ހާދިސާ ހިނގީ މަޣްރިބު ނަމާދު ވަގުތުގައި ކަމަށެވެ.
ކައުންސިލްގެ މެންބަރު ވިދާޅުވީ އޭނާއަށް ވެސް ފެނުނީ އަލިފާން ރޯވެފައި ހުއްޓައި ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.
އެ އަލިފާން ކޮންޓްރޯލްކޮށްފައި ވަނީ ފުލުހުން ކުރި މަސައްކަތުންނެވެ. އަލިފާން ރޯވީ އެރަށު ގެސްޓް ހައުސްއަކާ ދިމާލު ކުރުމަތީ އޮތް ބީޗަށް ވާގޮތަށް އެހެލާފައި އޮތް ލޯންޗެއްގައި ކަމަށެވެ. އެ ހާދިސާގައި އެ ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.
އެ ލޯންޗު ކުރިމަތީ އޮތް ޑިންގީއަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށް ގެއްލުންވެފަ އެވެ.
"ބާބީ" ސީކުއަލްގެ މަސައްކަތް ހުއްޓުމަކަށް އައިސްފި
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
