ވަގު ނޫޓު ގެންގުޅުނު ކަމަށް ބުނެ ހައްޔަރު ކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
ވަގު ނޫޓު ގެންގުޅުނު މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ތ. ތިމަރަފުށި އަބްދުﷲ އަޝްރަފް 38، އެވެ.
ކްރިމިނަލް ކޯޓަށް އޭނާ ހާޒިރު ކުރުމުން ކޯޓުން ވަނީ މިއަދު އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފަ އެވެ.
އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައި ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތާއި ގުޅިގެން އެކަށީގެންވާ ވަރަށް ހެކި ހުށަހަޅަފައި ވާތީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. އޭނާއަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ވަގު ނޫޓު ގެންގުޅުނު މީހާއަށް ތުހުމަތުކުރާ އިތުރު ކުށްތަކެއް ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ސައުދީގެ ކޯލިޝަނުން ހޫތީންނަށް ވައިގެ ހަމަލާތަކެއް ދީފި
