ބޭނުންވާ ތަކެތި
- 2 ޖޯޑު ޕާސްތާ
- 500 ގ ބަރަބޯ (އޮށް ނަގާ ސާފުކޮށް 2 އިންޗި ބޮޑުމިނަށް ކޮށާފައި)
- 1 ފެން މަސްދަޅު (ފެން ހުސްކޮށް މަސްކޮޅު ޗިސްކޮށްފައި)
- 300 ގ ސަވަ ކްރީމް
- 1 ޖޯޑު ޗެއްޑަރު ޗީޒް (ގާނާފައި)
ތައްޔާރުކުރާނެ ގޮތް
- ހޫނު ފެން ތެއްޔެއްގައި 7 މިނެޓު ވަންދެން ކައްކާށެވެ. އެއަށްފަހު ބަރަބޯކޮޅު އަޅައި އިތުރު 5 މިނެޓު ވަންދެން ކައްކާށެވެ. ޕާސްތާކޮޅާއި ބަރަބޯކޮޅު ރަނގަޅަށް މަޑުވުމުން ފެންފޮދު ރީއްޗަށް ފުރާނާލާށެވެ.
- 350 ޑިގްރީ ސެލްސިއަސް ގައި އަވަން ޕްރީ ހީޓް ކުރާށެވެ. އަދި ތެއްޔަށް ޕާސްތާ، ބަރަބޯ، މަސްކޮޅު، ސަވާ ކްރީމް އަދި ½ ޖޯޑު ޗީޒް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
- ހެޔޮވަރުގެ ޓްރޭއެއްގައި އެއްކުރި މަސްގަނޑު އެއްވަރަށް ފަތުރާލުމަށްފަހު ބާކީ ހުރި ޗީޒްކޮޅު އޭގެ މައްޗަށް ބުރުވާލާށެވެ. އަދި އަވަނުގައި 10 މިނެޓު ފިހެލާށެވެ. ކައިރިއަށް މަޑު ރަންކުލަ އެއް އެރުމުން ބޭނުންވަރަށް ފިހެވުނީ އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"