ސިންގަރޫޕަރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ މާލެ ވަޑައިގެންފި އެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިއީ އެމަނިކުފާނު ސިންގަޕޫރަށް މި އަހަރު ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ރައީސް ނުރަސްމީ ދަތުރުފުޅެއް ސިންގަޕޫރަށް ކުރެއްވި އެވެ.
އެ ދަތުރުފުޅުގައި ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވިއެވެ. އެ އޮޕަރޭޝަން ކުރެއްވި ވަގުތު ރާއްޖޭގެ ވެރިކަން ވަނީ ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރައްވާފަ އެވެ. އެކަމަށްޓަކައި ފައިސަލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހުވާ ވެސް ކުރައްވާފަ އެވެ.
ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެ އޮޕަރޭޝަން ކުރެއްވުމަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގަތީ މިދިޔަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހެވެ.
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
