މި މަހުގެ ކުރީކޮޅު ދުންފަތުން ނަގާ ޑިއުޓީ އަގުހެޔޮ ކުރުމާއެކު ބާޒާރުގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނޮވެމްބަރު 2024 ގައި ނިންމި ނިންމުމަށް ބަދަލުުގެނެސް، އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މި ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ.
މި ބަދަލާއެކު ސިނގިރޭޓަކުން ނަގާ ސްޕެސިފިކް ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަވެ، އެޑްވަލޯރަމް ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ވަނީ ދަށްކޮށްފަ އެވެ. މުޅި ޖުމްލަ ޑިއުޓީން ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވުމާ ގުޅިގެން، ބާޒާރުގައި ސިނގިރޭޓު ފޮށީގެ އަގު ވަނީ 50 ޕަސެންޓުން ހެޔޮވެފައެވެ. އެގޮތުން، ކުރިން 240 ރުފިޔާއަށް ވިއްކި ހީޓަޑް ޓޮބޭކޯ ސިނގިރޭޓު ފޮއްޓެއްގެ އަގު މިހާރު އުޅެނީ 120 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ނަމަވެސް މި އިސްލާހުގެ ތެރެއިން ޑިއުޓީ ދަށްކޮށްފައި ވަނީ ސިނގިރޭޓާއި ހީޓަޑް ޓޮބޭކޯގެ ބާވަތްތަކުން އެކަނި ކަމަށްވާތީ، ރޯލިން ޓޮބޭކޯގެ އަގުތައް ބަދަލެއް ނުވެ، ފޮއްޓެއް 130 ރުފިޔާއާއި 195 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި އަދިވެސް ހުރީ އެއްވަރެއްގަ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ދުންފަތުގެ ޑިއުޓީ ކުޑަކުރަން ނިންމީ ކަޅު ބާޒާރުގައި ސައްހަ ނޫން ސިނގިރޭޓު އާންމުވުން ހުއްޓުވުމަށާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިންނެވެ.
ގޫގުލްއަށް ދޭ ބިމުން ކައުންސިލަށް ކުލި ނަގާނަން: ނިޒާރު
އީރާނުން އެއްބަސްވުމަކަށް ތައްޔާރެއް ނޫން: ޓްރަމްޕް
ސައުދީގެ ކޯލިޝަނުން ހޫތީންނަށް ވައިގެ ހަމަލާތަކެއް ދީފި