މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ އިތުރު ހައްޖުވެރިޔަކު ނިޔާވެއްޖެ އެވެ.
މައުލުމާތު ލިބިފައިވާގޮތުގައި ހައްޖުގެ އަޅުކަމުގައި މައްކާގައި އުޅެނިކޮށް ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހިމެވެ.
މިއީ މިފަހަރު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ތިން ވަނަ މީހާ އެވެ.
މިދިޔަ ހުކުރު ދުވަހުވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން ނިޔާވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ ވަނީ ނިޔާވެފައި އޮށްވަައި ފެނިފަ އެވެ.
މި އަހަރު ރާއްޖެ އަށް 1000 ހައްޖު ކޯޓާ ލިބުނު އިރު، އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ދެން ހައްޖަށް މީހުން ގެންދިޔައީ އަމިއްލަ ތިން ގްރޫޕަކުންނެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްޙަރަމައިން ޙައްޖު އެންޑް އުމްރާ އެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް