ހުޅުމާލެއިން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ،
ފުލުހުން ބުނީ ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާތީ އެ ކުއްޖާ ހޯދަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އައިޝާ ބިން މަހްމޫދު ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ. އެންމެ ފަހުން އެކުއްޖާގެ ހަބަރެއްވެފައި ވަނީ އިއްޔެ އިރުއޮސި 6:00 ފަހުން ކަމަށް ފުލުހުން ބުނެ އެވެ.
މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފަހަކަށް އައިސް ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ގެއްލިގެން ރިޕޯޓް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެ ފަދަ ގިނަ ހާދިސާތަކުގައި ހޯދަމުން ދާކަން ފުލުހުން އިއުލާން ކުރުމާއެކު ބައެއް ކުދިން އަމިއްލައަށް ފުލުހަށް ހާޒިރުވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!