މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން މާދަމާ ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯއްޗަށް ޝަރުތު ހަމަވެފައި ވަނީ 18،955 މީހުންނެވެ. ގުރުނެގުން އޮންނާނީ މާދަމާ ގަލޮޅު ދަނޑުގައި މެންދުރު 11:00 ގަ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ގުރުލަމުން ދާއިރު ހުޅުމާލެ އިން ގޯތި ލިބޭ މީހުންނަށް ގޯތި ކެނޑުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
"މިވަގުތު އެވައިލަބަލް ބިންތަކުން ގުރުއަތުން ދިމާވާ ބޭފުޅުންނަށް ވަކިން ގުޅުއްވާނެ. ޕްލޮޓު ކަނޑަން ދާންވީ ވަގުތާއި ތަން. މާދަމާ ހަވީރު ޕްލޮޓު ކަނޑާ ދިނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި،" އާރިފް ވިދާޅުވި އެވެ.
މިރެއިން ފެށިގެން ގުރުއަތު ނަގަން ދާންވީ ވަގުތު، ޕޯޓަލް އިން ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރު ބަދަލުވިޔަސް ގޯތި އަތެއް ނުލެވޭނެ ކަމަށެވެ. ގޯތީގެ ރަޖިސްޓްރީ ވެސް މި ސަރުކާރުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
