މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ އިންސާފުވެރި އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ބޭއްވޭ އިންތިހާބު ކަމަށް ރައީސް އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ވޯޓުލުމަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައެވެ. މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރައީސް ސޯލިހް ޖަމާލުއްދިން ސްކޫލަށް ވަޑައިގަތީ 10:45ގަ އެވެ.
ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިއީ މިނިވަންކަމާ އެކު ހުރިހާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެވުނު މަންޒަރު ފެނުނު ހަމައެކަނި އިންތިހާބު ކަމަށެވެ. އަދި އިންތިހާބު ކުރިއަށް ދަނީ މިހާތަނަށް ނުދެކޭ ފަދަ ޑިމޮކްރެޓްސް ހަމަތަކުގެ މަތީން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އިންތިހާބަސް ކެމްޕެއިން ކުރުމުގެ ފުރުސަތުވެސް މިނިވަންކަމާއެކު ހަމައަށް ހުރިހާ ކެންޑިޑޭޓުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.
"އެއްވެސް ތަނެއްގައި ހަަމަނުޖެހުމެއް ހިނގައިގެން އެކަހަލަ މާ ބޮޑު ޝަކުވާއެއް އައިސްފައެއް ނެތް. އަޅުގަނޑު ހިތުން ކެމްޕެއިން ފެށިގެން މިހާތަނަށް މި ދަނީ ވަރަށް ހިމޭންކޮށް" ރައީސް ވިދާޅުވި އެވެ.
ލަވަ ކިޔުން ހުއްޓާލުމަށްފަހު އަރިޖީތު އުނބަށް ޖެހީތަ؟
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ
