ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ކަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިދުފާ ނައީމްގެ ނަން ފާސް ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މއ.ރުއްކުރި، މިދުފާ ނައީމް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާ އަށް އިއްވަވައި ދެއްވީ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ އެވެ.
މިދުފާ އެ މަގާމަށް އައްޔަންކުރުމާ މެދު މަޖިލީހަށް ފޮނުއްވާފައި ވަނީ އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އައިމިނަތު ޝަބީނާގެ ބަދަލުގަ އެވެ.
މިދުފާ ނައީމް އަކީ ހާރިޖީ ދާއިރާގައި ހިދުމަތްކުރައްވާފައިވާ ކަނބަލެކެވެ. އޭނާ ވަނީ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. ސްކޫލު ކުދިންގެ ލަވަ މުބާރާތުންނާއި ވާހަކަ ދެއްކުމުގެ މުބާރާތުން ވެސް ވަރަށް ބޮޑަށް ވިދާލި މިދުފާއަކީ ކިޔެވުމުގައި ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު ބޭފުޅެކެވެ.
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި