ރަންވީރް ސިންގްއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ އެކްޓަރުކަމާ މެދު ޝައްކެއް ނުކުރަމެވެ.
"ސިމްބާ"ގެ ކާމިޔާބީއަށް ފަހު ރަންވީރްއާއެކު ދެވަނަ ފިލްމެއްގެ މަސައްކަތް ފެށުމަށް ޑައިރެކްޓަރު ރޯހިތް ޝެޓީވަނީ ތައްޔާރުވެފަ އެވެ. "ސާކަސް"ގެ ނަމުން ނަންދެވިފައިވާ މި ފިލްމުގައި ރަންވީރްގެ ޑަބަލް ރޯލް ފެނިގެންދާނެ އެވެ.
މި ފިލްމުގައި ރަންވީރްގެ އިތުރުން ޖެކުލިން ފެނާންޑޭޒްގެ، ޕޫޖާ ހެޖް އަދި ވަރުން ޝަރްމާ ވެސް ފެނިގެންދާނެ އެވެ.
ރަންވީރް ސިންގްއަށް ލިބެމުންދާ މަގުބޫލުކަމުން ކޮންމެ ފިލްމަކާ އެކު ފިލްމް ކުޅޭދޭ އަގު ދަނީ ބޮޑު ކުރަމުންނެވެ. އެގޮތުން "ސާކަސް" ފިލްމުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 50 ކްރޯޑް ރުޕީސް އެވެ.
މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގަ އެވެ.
މިއީ ކުރީ ޒަމާން ދައްކުވައިދޭ ފިލްމެއް ކަމުން މުޅި ފިލްމުވެސް ޝޫޓް ކުރާނީ ސްޓޫޑިއޯގަ އެވެ.
މުޅި ފިލްމުގެ ޝޫޓިން ނިންމާލަން 75 ދުވަސް ނަގާ އިރު ރަންވީރްގެ ފީ އށް ބަލާއިރު ކޮންމެ ދުވަހަކު 66 ލައްކަ ރުޕީސް ޖެހެ އެވެ. މިއާއެކު އޭނާ ވެގެންދާނީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ އަގުބޮޑު އެކްޓަރަށެވެ.
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ޝާހްރުކް ޚާން މިފަހަރު ފެނުނީ މުޅިން ތަފާތުކޮށް!
